ލިޔުނީ: ޒިދާން މުހައްމަދު
އުމުރުން 4 އަހަރުގެ އަންހެންކުއްޖެއްގެ ޖިންސީގުނަވަނުގައި އިސްތިރިއަކުން ޖެހުނު މައްސަލަ، ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއްގެ ގޮތުގައި ޖެންޑާމިނިސްޓްރީން ބަލަންފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށައި، މައްސަލަ ބަލަމުންދަނީ ކުޑަކުއްޖަކަށް އިހުމާލުވި މައްސަލައެއްގެގޮތުގައި ކަމަށެވެ. އޯޓިޒަމް ހުންނަ އެކުއްޖާގެ ގައިގާ އިސްތިރިން ޖެހުނީ އަމިއްލައަށް އެއާކުޅުމުގެތެރޭގައި ކަމަށްވެއެވެ. ނަމަވެސް، އެ ކުއްޖާގެ ގައިގައި އިސްތިރި ޖެއްސީ އެ ކުއްޖާގެ މަންމަ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ދޮގު ޚަބަރަ ފަތުރާފައެވެ.
މީގެ އިތުރުން، އެހާދިޘާއާއެކު އެކުއްޖާގެ މަންމަ ފިލައިގެންމާލެ ގޮސަފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް، މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ މަންމަ އަކީ، ދެކިޑްނީ ފެއިލްވެފައިވާ މީހެއްކަމުން، އޭނާ މާލެއައީ އިމާރޖެންސީކޮށް ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށެވެ.
އެކުއްޖާއަށް މިހާރު ދަނީ،ހިތަދޫރީޖަނަލްހޮސްޕިޓަލުގެއިމާރޖެންސީރޫމު ('އީއާރު')ގައިފަރުވާދެމުންނެވެ. އިތުރުމައުލޫމާތު ހޯދުމަށް ހޮސްޕިޓަލަށް ގުޅުމުން، ފޯނަށް ޖަވާބު ނުދޭތީ، މިވަގުތު ކުއްޖާގެ ހާލު އެނގިފައި ނުވެއެވެ.