ލަންކާގައި ޑްރޯން އަރުވައިގެން ހައްޔަރުކުރި 4 ދިވެހިން ދޫކޮށްލައިފި!

ކިޔުމަށް ހޭދަވާނީ 36ސ
ލަންކާގައި ޑްރޯން އަރުވައިގެން ހައްޔަރުކުރި 4 ދިވެހިން ދޫކޮށްލައިފި!

ލިޔުނީ: ޒިދާން މުހައްމަދު 

ލަންކާގެ އެއާޕޯޓެއްގައި، ޑުރޯން އެރުވުންމަނާ ސަރަހައްދެއްގައި، ޑްރޯންއަރުވަނިކޮށް ލަންކާފުލުހުން ހައްޔަރުކުރި ހަތަރުދިވެހިން ދޫކޮށްލައިފިއެވެ. 

މިމީހުން ހައްޔަރު ކުރީ އެ ގައުމުގެ ބަންޑާރަނައިކް އިންޓަނޭޝަނަލްއެއާޕޯޓުންނެވެ. 

މައުލޫމާތުލިބިފައިވާ ގޮތުގައި، މީގެތެރޭން ދެމީހުން ދޫކޮށްލާފައި ވަނީ، އިއްޔެ މެންދުރުފަހު ކޯޓު އަމުރަކުންނެވެ. އަދި އަނެއް ދެމީހުން ދޫކޮށްލި ކަމަށް މައުލޫމާތު ލިބެނީ ރޭގެ ވަގުތެއްގައި، ލަންކާގެ ރައީސް މައިތިރިޕާލާސިރިސޭނާގެ އަމުރުފުޅަކަށެވެ. 

ޑޮރޯން އަރުވައިގެން ހައްޔަރުކުރި 3 ފިރިހެނުންނާއި އަންހެނެކެވެ. އެމީހުންގެ އުމުރު އުޅެނީ 19 އަހަރާއި 23 އަހަރާ ދެމެދުގައި ކަމަށް މައުލޫމާތުލިބެއެވެ.  

 

މިއަދު އޮންލައިން