ލިޔުނީ: ޒިދާން މުހައްމަދު
އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގެ ދޮރު ވައްޓާލައިގެން ވަދެ، އެ ތަނުގައި ފައިސާ ރައްކާކުރާ ތިޖޫރި ވަގަށް ނަގައިފި އެވެ.
ގާތްގަނޑަކަށް 50،000 ދިވެހި ރުފިޔާއަށް ވުރެ ގިނަ އަދަދަކަށް ފައިސާހުރި މި ތިޖޫރީ ވަގައްނަގައިގެން، އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:00 އެހަަކަށްހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި މީހަކު ހައްރުކޮށްފައިވާކަން އަދި އެނގިފައި ނުވާއިރު، ދޮރު ވައްޓާލުމުގެ އިތުރުން އެ އޮފީހަށް ގެއްލުމެއް ދީފައިވާކަން ނުވަތަ ނޫންކަން ވެސް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންވެސް އަދި ހާމަކޮށްފައިނ ނުވެއެވެ.