ބިދޭސީއަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަނީ

ކިޔުމަށް ހޭދަވާނީ 1މ 4ސ
ބިދޭސީއަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަނީ

ލިޔުނީ: ޒިދާން މުހައްމަދު 

ހެންވެއިރުގައި ހުންނަ ބުކްޝޮޕެއް ތެރޭ ބިދޭސީއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަންފަށައިފިއެވެ. ޖެންޑާއިން ބުނީ އެ މައްސަލައިގައި ބަޔާން ނަގަންޖެހޭ ފަރާތްތަކުން ބަޔާން ނެގުމަށްފަހު މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ފުލުހުންވެސް ބުނީ، މި މައްސަލަ މިމަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާތީ ތަހުގީގުކުރެވެމުން ދާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިކަން ހިނގާފައިވަނީ ސީދާ ކޮން ބުކްޝޮޕެއްގައި ކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ. 

ހެންވޭރުގައި ހުންނަ ބުކްޝޮޕެއްގައި މަސައްކަތް ކުރާ އެ ބިދޭސީ މީހާގެ މައްސަލަ އެ ކުއްޖާގެ ދައްތައެއް ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ވާހަކަ މީސްމީޑިއާގައި ހިއްސާކުރަމުން ކުއްޖާގެ ދައްތަ ބުނީ، ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކުއްޖާގެ މަންމަގެ ކައިރީގައި ހުއްޓާ އެކުއްޖާގެ އުރަމަތީގައި އަތްލައިގެން ކަމަށެވެ. އަދި އޭނާގެ ފޮޓޯއެއް ވެސް ކުއްޖާގެ ދައްތަ ވަނީ މީސްމީޑިއާގައި ޝާއިއުކޮށްފައެވެ.

މިއަދު އޮންލައިން