ޕަބްލިކް ވަރކްސް ހިންގި ރީޖިނަލް ޔުނިޓްތައް ކައުންސިލްތަކާ ޙަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޕަބްލިކް ވަރކްސް ހިންގި ރީޖިނަލް ޔުނިޓްތައް ކައުންސިލްތަކާ ޙަވާލުކޮށްފި

ޕްލޭނިންގ މިނިސްޓްރީގެ ޕަބްލިކް ވަރކްސް ބައިން ރަށްރަށުގައި ހިނގި ޔުނިޓްތައް ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރުމަށް ނިންމައި އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. 

ދަރުބާރުގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ރާއްޖެތެރޭގައި ހިންގާ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދާނީ ބިޑަށް ލައިގެން ކަމަށާއި އެހެން މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ ކައުންސިލްތަކާއި ހަވާލުކޮށްގެން ކަމަށެވެ. އެހެންކަމުން ޔުނިޓުތަކުގައި ހުރި މެޝިނަރީތައްވެސް ކައުންސިލްތަކާއި ހަވާލުކުރެވޭނެ ކަމަށެވެ. 

އަކްރަމް ވިދާޅުވީ ޕަބްލިކް ވަރކްސްއިން ކުރަމުން އައިސްފައިވަނީ މަގު ހެދުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. "އިކްއިޕްމަންޓްތަކަށް ވެސް ވާނުވާއެއް ނުއެނގޭ. ބައެއް ތަކެތި ވިއްކާލާފަވެސް އެބަހުރި. އަނެއްބައި ތަކެތި ކުއްޔަށް ދީފައިވެސް އެބަހުރި."

އަކްރަމް ވިދާޅުވީ މިބަދަލަކީ ލާމަރުކަޒީ ނިޒާމުން ވެރިކަން ހިނަގުމަށްޓައި މި ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށެވެ.

މިއަދު އޮންލައިން