ދީނީ ޢިލްމްވެރިންނަށް ނަފްރަތު ކުރި ނަމަވެސް ބޮޑުވަރު - ސިގްނަލް ފެހިވާ ވަގުތު ފުލް ސްޕީޑްގަ ދުއްވާ ނުލިއްޔާ ވެސް މިވަނީ ބޮޑުވަރަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ދީނީ ޢިލްމްވެރިންނަށް ނަފްރަތު ކުރި ނަމަވެސް ބޮޑުވަރު - ސިގްނަލް ފެހިވާ ވަގުތު ފުލް ސްޕީޑްގަ ދުއްވާ ނުލިއްޔާ ވެސް މިވަނީ ބޮޑުވަރަށް!

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި ޝައިޚް ޢަލީ ޒައިދު، ހުޅުމާލެއިން މާލެ ވަޑައިގަންނަވަނިކޮށް ޓްރެފިކް ލައިޓް ފެހިވުމުންވެސް ކުރިއަށް ވަޑައިނުގެން ތިއްބެވީ ކަމަށާއި އެއީ ބޮޑުވަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައަކު ދަނީ ފާޑުކިޔަމުންނެވެ. 

މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެޚަބަރާއި ގުޅުވައިގެން ދައުރުކުރުވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކޮންމެވެސް މީހަކު ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. "އެއީ އެދުވަހުގެ މެނަދުރުވަގުތު. އަޅުގަނޑުމެން ވޯޓުލުމަށްފަހު "ފިނި ބުރެއް" ޖަހައިލީ. ޓްރެފިކް ލައިޓް ފެހިވުމުން ދުއްވާލަން އުޅުނު ވަގުތު ފަހަތުން އެ ފޮޓޯ ނަގާފައި އެވަނީ."

ފޮޓޯގައި ފެންނަނީވެސް 2 ބޭފުޅުން ގިނިކަންޏާއެވެ. އެހެންކަމުން ލައިޓްގެ އިންތިޒާރުގައި ބައަކު ފަހަތުގައި ނެތްކަން ވެސް ފާހަގަކުރެވެއެވެ. އަދި އެދެބޭފުޅުންގެ ސަބަބުން ބައަކަށް އެއްވެސް އުނދަގުލެއް ނުވާކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން