ޓްރެކް ސަރަހައްދަށް ވެލިއަރައި ބީޗެއް ހެދިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ޓްރެކް ސަރަހައްދަށް ވެލިއަރައި ބީޗެއް ހެދިއްޖެ!

ލިޔުނީ: ޒިދާން މުހައްމަދު 

މާލޭ ސްވިމިންގް ޓްރެކް ސަރަހައްދުގައި ވެލިއަރައި  ބީޗެއް ހެދިއްޖެއެވެ. 

މިދުވަސްވަރު އޮއިވަރު ހުންނަ ގޮތުން، މާލޭ ދެކުނު ފަރާތު ސްވިމިން ޓްރެކް ސަރަހައްދަށް ގަލާއި ވެލި ޖަމާވެ،  ބީޗެއް ހެދިފައިވާއިރު، ޓްރެކްގެ އެކި ސަރަހައްދުތަކަށް މިހާރުވެސް ވެލިގަނޑު ފެތުރެމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި މި ވެލިގަނޑު އިތުރަށް ބޮޑުވެއްޖެ ނަމަ، ޓްރެކް ބޭނުން ނުކުރެވޭ ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުވެސް އެތަން ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން ޓްރެކަށް އެރޭ މީހުން ފާހަގަކުރެއެވެ. 

މީގެ އިތުރުން، ފާހަގަކުރެވޭ ގޮތުގައި، ޓްރެކް ސަރަހައްދަށް ޖަމާވަމުންދާ ވެއްޔަކީ، ސިނަމާލޭ ބްރިޖްގެ މަސައްކަތް ފެށިފަހުން އެއްވަމުންދާ ވެލި ތަކެކެވެ. މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އެސަރަހައްދުގައި ވެލި ޖަމާވެ ރައީސް ޔާމީންގެ ސަރުކާރުން އެތަން ފުންކޮށްފައިވެއެވެ.

މި މައްސަލަޔާ ގުޅިގެން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ބަހެއް އަދި ލިބިފައި ނުވެއެވެ. ހަމައެހެންމެ، މިތަނަކީ ޒުވާނުންނާ ގުޅިފައިވާ ތަނަކަށް ވީ ނަމަވެސް ޔޫތު މިނިސްޓްރީންވެސް އަދި މިކަމާ ގުޅިގެން ބަހެއް ނުބުނެއެވެ.

މިއަދު އޮންލައިން