މޫނު ނިވާކޮށްގެން ހދ. ކުޅުދުށްފުށީ ގައި ހުރި ފިހާރައަކަށް ވަދެ، ވަޅިން ބިރު ދައްކައިގެން މީހަކު ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، މޫނު ނިވާކޮށްގެން ކުޅުދުއްފުށީ ފިހާރައަކަށް ވަދެ، ވަޅިއަކުން ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 21:30 ހާއިރެވެ.
މިމައްސަލައިގެ ތުހުމަތުގައި އުމުރުން 36 އަހަރުގެ ފިރިހެނަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.