މާމިގިލި އެއާޕޯޓަށް ޖެއްސި ފްލައިމީގެ ބޯޓެއް ސްލިޕްވެއްޖެއެވެ.
މާމިގިލި އެއާޕޯޓުގެ މެނޭޖަރު ޢަބްދުލްޤާދިރް ވިދާޅުވީ ބޯޓު ޖެއްސީ ރަނގަޅަށް ކަމަށާއި ޖެއްސިވަގުތާއި ދިމާކޮށް ބޯކޮށް ވާރޭ ވެހުމާއި އެވަގުތު ދުންފުނީގެ އަސަރު ބޮޑުވެގެން ދިއުމުން ޕައިލެޓަށް ދުރު ފެނުމުގައި ދަތިތަކެއް ކުރިމަތިވުމުން ފްލައިޓުގެ ކުރީ ފުރޮޅު ކަހާލައި ވިނަގަނޑުގައި ފުރޮޅުގެ އެއްފަޅި ޖެހުނު ކަމަށެވެ.
"މިހާދިސާގައި އެއްވެސް ފަސިންޖަރަކަށްވެސް އެއްވެސް ފަޅުވެރިއަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބޭ. އަދި ފްލައިޓަށްވެސް އެއްވެސް ގެއްލުމެއް ލިބުނުކަން އަދި އެނގިފައެއް ނެތް. އަދި ރަންވޭގައިވެސް އެއްވެސް މައްސަލައެއް ނެތް. މިފަދަ ކަމެއް މެދުވެރިވުމުން ބަލަން ޖެހޭ ބެލުންތައް އިންޖިނޭރުން އެގެންދަނީ ބަލަމުން." ޤާދިރު ޢަބްދުލްވިދާޅުވިއެވެ.
ޢަބްދުލްޤާދިރް ވިދާޅުވީ މިކަން ހިނގުމާއި ގުޅިގެން ކަމާއިބެހޭ މުއައްސަސާތަކަށް ވެސް ވަގުތުން ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.