"ދިވެހިރާއްޖެ ހިފަން ބޮޑު ޤައުމަކުން އުޅެފިނަމަ، ތިމަންނަމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނާ މީހަކީ ޤައުމުގެ ދިފާޢީ ވަޒީރެއްގެ މަޤާމާ ކުފޫ ހަމަވާ މީހެއް ނޫން!" ކަމަށް ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢް މިފަދަ މޭރުމަކުން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ. ރާއްޖެ އާއި އިންޑިއާގެ ގުޅުންތަކާއި ބެހޭގޮތުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވާ ވަގުތެއްގައެވެ.
ދިވެހިރާއްޖެ ހިފަން ބޮޑު ޤައުމަކުން އުޅެފިނަމަ، ތިމަންނަމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނާ މީހަކީ ޤައުމުގެ ދިފާޢީ ވަޒީރެއްގެ މަޤާމާ ކުފޫ ހަމަވާ މީހެއް ނޫން!
— Shafeeu Abdullah (@shafeeu26) February 8, 2019