ށ. ފޭދޫ ގައި އަންހެނަކު އަމިއްލައަށް ދަންޖެހެން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަމިއްލައަށް ދަންޖެހިގެން މަރުވާން އުޅުނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ. އޭނާ ދަންޖެހެން އުޅެނިކޮށް ފެނިގެން ސަލާމަތް ކުރީ، އޭނާގެ ފިރިމީހާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެއަންހެން މީހާ ދަންޖެހެން މަސައްކަތް ކޮށްފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށާއި އޭނާގެ އެކަން ކުރަން އުޅުނީ އެއަންހެން މީހާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ ދަން ޖެހެން މަސައްކަތް ކުރީ ގޭތެރޭގައި ޖެހުނު ހަމަނުޖެހުމަކާއި ގުޅިގެން ކަމަށާއި މިވަގުތު އޭނާއަށް ފޭދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ކަރުން ލެއިން އައިސްފައި ހުރި ކަމަށް ވެސް އެނގިފައިވެއެވެ.