ފީއަލީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރޭތީ ސްކޫލު ބަންދުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 49ސ
ފީއަލީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރޭތީ ސްކޫލު ބަންދުކޮށްފި

ފ. ފީއަލީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރޭތީ ސްކޫލު ބަންދުކޮށްފިއެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ފާއިތުވި ހަފުތާއެއްގެ ތެރޭގައި ފީއަލިން ޑެންގީ ހުމަށް 14 ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. މިކަމާގުޅިގެން ފީއަލީ ސްކޫލުގެ ކިޔެވުން ބަނދުކޮށްފައިވަނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށެވެ.

ޑެންގީ ހުން ޖެހިގެން، އެމްއެންޑީއެފް ސީއެމްބިއުލޭންގައި ފީއަލިން އިއްޔެ މާލެ ގެނައި ހަ ކުދިންގެ ތެރެއިން، އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ.

އައިޖީއެމްއެ ގެ ސީއީއޯ މުޙައްމަދު މުފީދު ވިދާޅުވެފައިވަނީ، ފީއަލިން ރޭ ގެނައި ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް އެހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.

ޑެންގީ ހުން ކޮންޓްރޯލްކުރަން ފީއަލީގައި މިހާރު އަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ފޮގުކުރަމުންނެވެ.

މިއަދު އޮންލައިން