ވިލިމާލެއަށް ބޮޑު މިޔަރެން އައިނެއް ލައްގައިފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ވިލިމާލެއަށް ބޮޑު މިޔަރެން އައިނެއް ލައްގައިފި!

ކ. ވިލިމާލެ އަށް މިއަދު ހެނދުނު ބޮޑު މިޔަރެން އައިނެއް ލައްގައިފިއެވެ.

 

        

 

ރެހީގެ ބާވަތެއް ކަމުގައިވާ، މިޔަރެން އައިނެއް ވިލިމާލޭ ޕިކްނިކް ސަރަޙައްދަށް (އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަޙައްދަށް) ލައްގާފައިވަނީ މިއަދު ހެނދުނު 9:00 ޖަހާކަން ހާއިރެވެ.

 

އެންދެމުމަށް ވެސް ބޭނުން ކުރާ، މިޔަރެން ހިފުމަށްޓަކައި ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް ފައިބާ، ދާ ޖަހައިގެން އެތަކެތި ހިފިއެވެ. ނަމަވެސް ދާ ޖަހައިގެން ރެހި/މިޔަރެން ވެސް ހިފުމަކީ މަނާކަމެއް ކަމަށް އެރަށު އެންގުމުން، ފަހުން މިޔަރެން ހިފީ ބުރުގާފަދަ ތަކެތި ބޭނުން ކޮށްގެން ކަމަށް އެތަނުގައި ހުރި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.

 

           

 

ވިލިމާލެއަށް ލެއްގި މިޔަރެން އައިނު ހިފުމަށްޓަކައި މޫދަށް ފައިބާފައިވަނީ އެރަށުގެ ގިނައަދަދެއްގެ ހީވާގި އަންހެންވެރިންނެވެ. އެމީހުންނަށް އެހީތެރިވެދިނުމަށް ދެތިން ފިރިހެނުން ވެސް މޫދަށް ފޭބި ކަމަށް އެތަނުގައި ތިބި ބައެއް މީހުން ބުނެފައިވެއެވެ.

 

                 

 

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ފަޅުތެރެއަށް ވެސް މިޔަރެން އައިނެއް ލެއްގި ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން