އެމްއެންޔޫގައި ތިއްބެވި ހުރިހާ ސީނިއަރ ލެކްޗަރަރ އިން އެސިސްޓެންޓް ޕްރޮފެސަރުންގެ ނަމަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އެމްއެންޔޫގައި ތިއްބެވި ހުރިހާ ސީނިއަރ ލެކްޗަރަރ އިން އެސިސްޓެންޓް ޕްރޮފެސަރުންގެ ނަމަށް ބަދަލުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގައި ތިއްބެވި ހުރިހާ ސީނިއަރ ލެކްޗަރަރ އިން އެސިސްޓެންޓް ޕްރޮފެސަރުންގެ ނަމަށް ބަދަލުކޮށްފި އެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޔޫގެ ސީނިއަރ ލެކްޗަރަރ އިންގެ ގްރޭޑަކީ ވަޒީފާގެ ދަރަޖައިގެ ގޮތުން 8 އެވެ. އެސިސްޓެންޓް ޕްރޮފެސަރުންގެ ނަމަ ބަދަލުކޮށްފައިވަނީވެސް ހަމަ އެ ދަރަޖައިގައެވެ. އަދި މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިބަދަލު ގެނެސްފައިވާއިރު މުސާރައާއި އެލަވަންސަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އެމްއެންޔޫގެ ސިނިއަރ ލެކްޗަރަރ އިންގެ މަޤާމުގައި ތިއްބަވަނީ އެތަނުގައި ކިޔަވައިދެއްވާތާ ގިނަ ދުވަސްވީ ބޭފުޅުންނާއި ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ.

މިއަދު އޮންލައިން