ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މިިދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް 80 ބިދޭސީންގެ ތެރެއިން 69 ބިދޭސީންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި މީހުންކަމަށް އިމިގްރޭޝަނުން ބުނެފަިއެވެ.
ޒިކުރާ މިސްކިތް ކައިރީގަ އާއި ގަޑިބުރު ހުންނަ ސަރަހައްދުން ފެށި މިއޮޕަރޭޝަނުގައި އަތުލައިގަތް މީހުންގެ ތެރެއިން، ގަވައިދާ އެއްގޮތަށް އުޅޭ 11 މީހަކު ދޫކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިއޮޕަރޭޝަން ކުރިއަށްއޮތް ތަނުގައި މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.