މާލެ ސަރަހައްދުގައި ޗިކުންގުންޔާ ފެތުރެމުންދާކަމަށް އެޗްޕީއޭ އިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
މާލެ ސަރަހައްދުގައި ޗިކުންގުންޔާ ފެތުރެމުންދާކަމަށް އެޗްޕީއޭ އިން ބުނެފި

މި ދުވަސްވަރު މާލެ ސަރަހައްދުގައި ޗިކުންގުންޔާ ފެތުރެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޗިކުންގުންޔާ ޖެހިގެން 63 މީހަކު މިހާރުވެސް ޑޮކްޓަރަށް ދައްކާފައިވާއިރު މިކަމަށް އާއްމުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޕީއޭ އިންވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތިން އަހަރު ފަހުން މިބަލި ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

މިއީ މަދިރީގެ ސަބަބުން ޖެހޭ ބައްޔަކަށްވާތީ އެޗްޕީއޭ އިން ދަނީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

މިއަދު އޮންލައިން