"40 ޕްލަސް" އަށް ދާން ތައްޔާރުތަ؟ ޓިކެޓު ވިއްކަން ފަށައިފި!

ކިޔުމަށް ހޭދަވާނީ 1މ 34ސ
"40 ޕްލަސް" އަށް ދާން ތައްޔާރުތަ؟ ޓިކެޓު ވިއްކަން ފަށައިފި!

ދިވެހި ފިލްމު އިންޑަސްޓްރީ އަށް ބަލާއިރު، މިދިޔަ އަހަރުން ފެށިގެން އެފިލްމެއް ބަލަން ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމަކީ ޔޫއްޕު ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަޓެއިންމެންޓުން އުފެއްދި "ފޯޓީ ޕްލަސް" އޮލިމްޕަހުގެ ސްކްރީނަށް އަންނާނެ ދުވަހަކަށެވެ. 

އޭގެ ކުރީ އަހަރުގައި އުފެއްދި "ނޯޓީ ފޯޓީ" ގެ ދެވަނަ ބައި (ފޯޓީ ޕްލަސް) ޕްރިމިއަރ ކުރުމަށް ކުރިން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެންސީއޭ ގެ ރަސްމީ ބޭނުމަކަށް އޮލިމްޕަސް ބޭނުންވުމާއި ގުޅިގެން މިހާރު މިފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ރޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤް ބުނެފައިވެއެވެ. 

މިއަދު މެންދުރުފަހު 14:00 ގައި "ފޯޓީ ޕްލަސް" ގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، ފިލްމުގެ 20 ޝޯވ އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަފީޤް މައުލޫމާތު ދީފައިވެއެވެ. 

ޓިކެޓު ލިބެން ހުންނާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. 

"ފޯޓީ ޕްލަސް" ގެ ޓްރެއިލާރ ވެސް މިހާރު ރިލީސް ކޮށްފައިވާއިރު، މިފިލްމަކީ މިފަހަރު ކޮމެޑީއެއްތޯ ނުވަތަ ބިރުވެރި ފިލްމެއްތޯ ގިނަބަޔަކު ދަނީ ވިސްނަމުންނެވެ. 

އެނގިފައިވާ ގޮތުގައި ނޯޓީ ފޯޓީ ފަދައިން، މިފިލްމުގައި ވެސް ވަރަށް ގިނަ ތަރިން ހިމެެނެއެވެ. ލީޑް ރޯލުތަކުން އަޙުމަދު ސައީދު، ޔޫސުފް ޝަފީޢު (ޔޫއްޕެ)، އަލީ ސީޒަން، މުޙައްމަދު މަނިކު ގެ އިތުރުން ފާތިމަތު އަޒީފާ (އަޒޫ)، ޝިލާ ނަޖީބު އަދި އަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް ޝަކީލާ ގެ އިތުރުން އަލީ ޝާހިދު ވެސް ފެނިގެންދާނެއެވެ. އަދި މިދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ފަސް ތަރިން ވެސް ހިމެނެއެވެ.

 

މިއަދު އޮންލައިން