ކަފިހި ހުރަހުން ހުރަސްކުރި އަންހެނަކު އެކްސިޑެންޓުވެ އައިސީޔޫގައި

ކިޔުމަށް ހޭދަވާނީ 40ސ
ކަފިހި ހުރަހުން ހުރަސްކުރި އަންހެނަކު އެކްސިޑެންޓުވެ އައިސީޔޫގައި

ސެނެހިޔާ ހޮސްޕިޓަލު ކަައިރީ ހުރި ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އޭޑީކޭގެ އައިސީޔޫ ގައި ފަރުވާ ދެމުން އެބަދެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގީ ކަފިހި ހުރަސް މަތިން ދެ އަންހެނަކު ހުރަސް ކުރަނިކޮށެވެ. ދެމީހުން ގައިގައިވެސް ކާރުން ޖެހިފައިވާއިރު، އޭގެ ތެރެއިން އެކަކު ވެއްޓި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އައިސީޔޫގައި އޮތީ އެމީހާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

މިރޭ އިރުއޮއްސުނު ފަހުން ހިނގި މިއެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އޭޑީކޭ ހޮސްޕިޓަލުން ވެސް ހަމައެކަނި ބުނެފައިވަނީ، ކާރަކުން ޖެހި އެކްސިޑެންޓުވި އަންހެނަކަށް އެހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިއަދު އޮންލައިން