ޒެބްރާ ކޮރޮސް ހުރަސްކުރަނިކޮށް ޓީ 4627 ނަމްބަރު ޓެކްސީން ޖެއްސި އަންހެން މީހާގެ ހާލު ސީރިއަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޒެބްރާ ކޮރޮސް ހުރަސްކުރަނިކޮށް ޓީ 4627 ނަމްބަރު ޓެކްސީން ޖެއްސި އަންހެން މީހާގެ ހާލު ސީރިއަސް!

މިއަދު ހަވީރު 6.15 ހައިއިރު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒެބްރާ ކްރޮސް ހުރަސް ހުރަސްކުރަނިކޮށް ޓީ 4627 ނަމްބަރު ޓެކްސީން ޖެއްސި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފުރަތަމަ ގެންދެވުނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. ނަމަވެސް ޙާލު ސީރިއަސް ވުމުން އޭޑީކޭ ހޮސްޕަޓަލަށް ބަދަލުކޮށް މިހާރު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. 

މަންޒަރު ފެނުނު މީހުން ބުނިގޮތުގައި ދެ އަންހެނަކު އެކުގައި ޒެބްރާ ކްރޮސް ހުރަސްކުރީ ވެހިކަލްތައް މަދުކޮށް ފުރުޞަތު ދިނުމުންނެވެ. ޓީ 4627 ނަމްބަރު ޓެކްސީ އެއިރު އައީ ދުރުން ދުއްވަމުން ކަމަށާއި އެއައިގޮތަށް އައިސް ދެ އަނހެނުންގެ ގައިގައި ޖެއްސީ ކަމަށް ވެސް މަންޒަރުދުށް މީހުން ބުނެފައިވެއެވެ. ކާރުން ޖެއްސުމުން ވެއްޓި އަނހެން މީހާގެ ބީ ޖެހުނީ ސްޕީޑް ބްރޭކަރުގައި ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. 

ފުލުހުން ބުނީ މިވަގުތު ޑްރައިވަރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. 

ފާހަގަކުރަން ޖެހޭ ކަމަކީ ކޮންމެ ދުވަހަކުވެސް ޤަވާއިދާއި ޚިލާފަށް ކާރާއި ސައިކަލް ދުއްވައި މީހުންގެ ފުރާނައަށް ގެއްލުންދެމުން ގެންދާއިރުވެސް މިކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނުއަޅާ ކަމެވެ. މިފަދަ ބޮޑެތި އަނިޔާތައް ކޮށް ގިނަ ބައެއްގެ ފުރާނައަށާއި ހަށިތަކަށް ގެއްލުން ދެމުން ގެންދާއިރުވެސް އެއީ މަދަނީ ކުށެއްކަމަށް ހަދައި އަނިޔާ ކުރާ ޑްރައިވަރުންނަށް އެކަށީގެންވާ ފިޔަވަޅު ނުއަޅާ ކަމެވެ. 

 

 

މިއަދު އޮންލައިން