އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ރިޔާޒް ރަޝީދުގެ އެކައުންޓަކަށް

ކިޔުމަށް ހޭދަވާނީ 48ސ
އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ރިޔާޒް ރަޝީދުގެ އެކައުންޓަކަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ހަތަރު ލައްކަ އަށްވުރެ ގިނަ ޑޮލަރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ. 

އޭސީސީން މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުގައި، ރިޔާޒް ރަޝީދުގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން ވަނީ 424.225 ޔޫއެސް ޑޮލަރު (6.542 މިލިއަން ރުފިޔާ) ޖަމާކޮށްދީފައެވެ.

އެމްއެމްޕީއާރްސީގެ ފައިސާއިން 155 މީހެއްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ ތަފްސީލުތައް، މިއަދު އާންމުކުރި އޭސީސީގެ ރިޕޯޓުގައި ހާމަވެފައިވެއެވެ. އެމްއެމްޕީއާރްސީ އަށް 1.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ނަމަވެސް ލިބިފައިވަނީ 178.8 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުނެފައިވެއެވެ. ދެން ހުރި ފައިސާތައް ވަނީ އެކި ގޮތްގޮތަށް ބޭނުންކޮށްފައެވެ.

މިއަދު އޮންލައިން