ކަމަދޫ ކައުންސިލުގެ ރައީސް ސަމީރު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 37ސ
ކަމަދޫ ކައުންސިލުގެ ރައީސް ސަމީރު ހައްޔަރު ކޮށްފި

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރު، އިއްޔެ އިރުއޮއްސުނު ވަގުތު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމީރު ހައްޔަރުކޮށްފައިވަނީ ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުމުން އަމުރު ތަންފީޒު ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ވެސް ދެފަހަރަކު މަތިން އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަމީރު ހައްޔަރު ކުރި ނަމަވެސް، ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މިއަދު އޮންލައިން