އިސްކަންދަރު ސްކޫލް ކައިރިން ދެކުދިން ގޮވައިގެން ކަފިހިހުރަހަކުން ހުރަސްކުރި އަންހެނެއްގައިގައި ވެހިކަލަކުން ޖައްސައިފިއެވެ.
މިރޭ 7:15 ހާއިރު ހިނގި މި ހާދިސާގައި ކުޑަކުއްޖަކަށްވެސް ވަނީ އަނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އަނިޔާވި އަންހެންމީހާ އަށް އޭޑީކޭ އިން ވަނީ ފަރުވާދީފައެވެ.
މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.