ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ފިރިހެނަކު ވިލިނގިލީ ހަރުގެއެއް ކައިރިން ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 33ސ
ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ފިރިހެނަކު ވިލިނގިލީ ހަރުގެއެއް ކައިރިން ފެނިއްޖެ

ޒަޚަމްތަކަކާއެކު މަރުވެފައި އޮތް ފިރިހެނަކު، ގއ. ވިލިގިލީ އުތުރުކޮޅުގައި ހުރި ހަރުގެއެއް ކައިރިން ފެނިއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހާ ފެނިފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ވިލިނގިލީގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ.

 

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

 

     

 

މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުގައި، ފިހިފައި ހުރި ނިޝާންތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި މިޒަޚަމްތަކަކީ ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން