ގަމުގައި 200 ހައުސިން ޔުނިޓު އަޅަން ބީލަމަށް ހުޅުވާލައިފި!

ކިޔުމަށް ހޭދަވާނީ 30ސ
ގަމުގައި 200 ހައުސިން ޔުނިޓު އަޅަން ބީލަމަށް ހުޅުވާލައިފި!

ލ. ގަމުގައި 200 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

އެމިނިސްޓްރީން ބުނީ، ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ އެމަޝްރޫޢު "ޑިޒައިން އެންޑް ބިލްޑް" އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ބޭނުންވާ ކަމަށެވެ. 

ފިނޭންސުން ބުނެފައިވާ ގޮތުގައި މިބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ގެ ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000 ޑޮލަރު ހުށަހަޅަން ޖެހެއެވެ. 

ގަމުގައި 200 ހައުސިން ޔުނިޓު އެޅުމަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މާރޗު މަހުގެ 5 ގައެވެ.

މިއަދު އޮންލައިން