ސަޢޫދީ އިސްލާމިކް މިނިސްޓަރގެ ނައިބު މަލިކު ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސަޢޫދީ އިސްލާމިކް މިނިސްޓަރގެ ނައިބު މަލިކު ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

ސައޫދީ އަރަބިޔާގެ ސަރުކާރުގެ، އިސް ވަފުދު ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށާއި، ސަޢޫދީ ރަސްގެފާނު މަލިކު ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވައިފިއެވެ. 

މި ޒިޔާރަތްކޮށްލެއްވުމުގައި މާލޭގެ އިރުމަތީ ކޮޅުގައި ކުރިއަށް ގެންދާ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫޢު، މަސްޖިދުލް މަލިކް ސަލްމާން މިސްކިތް ބިނާ ކުރަމުންދާ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ހިނގާ ނުހިނގާ ގޮތް ބައްލަވައި ލެއްވިއެވެ. މި މަރުކަޒުގައި 9000 މީހުންގެ ޖާގައިގެ މި މިސްކިތުގައި، ދީނީ ވަޢުޡު ދިނުމަށް ޚާއްޞަ ކުރެވޭ އޮޑިޓޯރިއަމެއް ހިމެނިފައިވެއެވެ. 

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަކީ ދިވެހިރާއްޖޭގައި ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތާ ބެހޭ ދިރާސާތައް ކުރުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް ދިނުމަށާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަށާއި، އިމާމުންނާއި ޤުރްއާން މުދައްރިސުން އުފެއްދުމަށާއި، ދިވެހީންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމަށާއި ކުރުންތެރި ޤުރްއާނީ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ މުއައްސަސާއެކެވެ.

ކުރިއަށް އޮތް ދެއަހަރު ތެރޭގައި ޢަމަލީ ގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭ އެއްބަސްވުމެއްގައި ކީރިތި ޤުރްއާންގެ ޢިލްމު ފުޅާކުރުން ހިމެނިފައިވެއެވެ

މިއަދު އޮންލައިން