މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތިން ވަނަ ބުރީގައި ހަރުކުރަން އުޅުނު ކުޑަދޮރެއް ވެއްޓި، ނުރައްކާތެރި ހާދިސާއެއް ހިނފައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން މާފަނުންގައި ހަދަމުން އަންނަ ގެއަކުންނެވެ.
މަުލޫމާތުލިބިފައިވާގޮތުގައި މިދޮރު ވެއްޓުނީ މިރޭ 19:14 ހާއިރު ދޮރު ހަރުކުރަން އުޅުމުގެ ތެރޭގައެވެ.
ވެއްޓިފައިވަނީ އެލްމެނިއަމާއި ބިއްލޫރިން ހަދާފައިވާ ކުޑަދޮރެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުންޏެވެ.