މަގުމަތީގަ މަރުވެފައި އޮންނަ ބުޅާ ވަޅުލައިދޭނެ ކުންފުންޏެއް ހޯދަން ޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މަގުމަތީގަ މަރުވެފައި އޮންނަ ބުޅާ ވަޅުލައިދޭނެ ކުންފުންޏެއް ހޯދަން ޖެހިފަ!

މާފަންނު ހަނދުވަރީ ހިނގުން، އެމްއެންއެސްއެލް ނިޔުޕްލާޒާ ކުރިމަތީގައި އޮންނަ ގޯޅީގައި މި ބުޅާ މަރުވެފައި އޮންނަތާ 2 ދުވަސްވެއްޖެއެވެ. 2 ދުވަސްވާއިރު ކުނިކަހާބައަކު ކުނިވެސް ކަހާނެ ކަމަށް ބެލެވެއެވެ.

ބުޅަލުން މިހާރު ކުނިވަސް ވެސް ދުވައެވެ. މާލެ ކުނިކެހުން ވަނީ އައުޓްސޯސްކޮށްފައެވެ. ރައްޔިތުން ބުނަނީ ކުނި ކަހައި މަގުތައް ސާފުކުރަން ބޭނުންވާ ފައިސާ ޓެކްސްގެ ގޮތުގައި ބަރާބަރަށް ދައުލަތަށް ދައްކަމުން ގެންދާ ކަމަށެވެ.

އެހެންކަމުން މާލެތެރެ ކުނިކަހައި ސާފުކުރަން މިހާރު ހަވާލުކޮށްފައިވާ އެއްބަސްވުމުގެދަށުން މަރުވެފައި އޮންނަ ބުޅާ ފަދަ ތަކެތި ނައްތައި ނުލެވޭނަމަ އެކަން ކުރަން ކޮންމެވެސް ފަރާތަކަށް އައުޓް ސޯސް ކުރަން ޖެހިފަިވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން