ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދިން އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް އައްޑޫ ޓްރާންސްޕޯޓުގެ ހިދްމަތް ހިލޭ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 52ސ
ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދިން އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް އައްޑޫ ޓްރާންސްޕޯޓުގެ ހިދްމަތް ހިލޭ!

ސްކޫލް ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދިން އަދި ދޮށީ އުމުރުގެ ރައްޔިތުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އޮޕަރޭޓު ކުރާ އައްޑޫ ޓްރާންސްޕޯޓު ލިންކުން ހިދްމަތް ހިލޭ ދިނުމަށް ނިންމައިފިއެވެ.

އައްޑޫ ޓްރާންސްޕޯޓު ލިންކުގެ ފަރާތުން ދެމުންގެންދާ އާންމު ފެރީދޯނިތަކާއި އަދި ބަހުގެ ހިދުމަތްތަށް ހިލޭ ލިބޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ރަސްމީ ޔުނިފޯމާއި އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާ ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށާއި، ދެ އަހަރުން ދަށުގެ ކުޑަކުދިންނަށާއި، 65 އަހަރުން މަތީ ދޮށީ އުމުރުގެ ރައްޔިތުން އަދި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެއްކުމުން) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ.

އައްޑޫ ޓްރާންސްޕޯޓު ލިންކުން ބުނެފައިވަނީ މިފަރާތްތަކަށް ހިދުމަތް ލިބޭނީ އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުމުންކަމަށެވެ.

 

މިއަދު އޮންލައިން