ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 51ސ
ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބ. ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށް ބ. ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ.

މި މުބާރާތާއިބެހޭގޮތުން ދަރަވަންދޫ ކައުންސިލުން ބުނީ މުބާރާތަށް ދަޢުވަތުދޭނީ އެރަށުގެ ޓީމުތަކަށާއި ކައިރި ރިސޯޓްތަކާއި ކައިރި ރަށްރަށުގެ ޓީމުތަކަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވަނީ 10 ޓީމު ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ޗެމްޕިއަން ޓީމަށް 10،000ރުފިޔާ، ދެވަނަ ޓީމަކަށް 6،000ރ. ދިނުމަށް ވަނީ ނިންމާފައެވެ.

ދަރަވަންދޫ ކައުންސިލް އިދާރާއިން ބުނީ މި މުބާރާތުގައި ބައިވެރިވާ ޓީމު ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމް/ޓީމު ލިސްޓް ރަސްމީ ގަޑީގައި އެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ޔޫތު ފުޓްސަލް ޗެލެންޖު މިދިޔަ އަހަރު ކާމިޔާބުކުރީ ދަރަވަންދޫ ކިންގ ޔުނައިޓެޑް ޓީމެވެ.

މިއަދު އޮންލައިން