ތ. ތިމަރަފުށީ އެއާރޕޯޓަށް ދާން އޮންނަ މަގުން ވޭނެއް ފުރޮޅާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދެ މީހުންނާއެކު ދަތުރު ކުރަމުންދިޔަ އެވޭން ފުރޮޅާލީ މިއަދު މެންދުރުފަހު 14:45 ހާއިރު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި ނަމަވެސް ވޭންގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުކުހުން މައުލޫމާތު ދެއްވާފައިވެއެވެ.