އެމެރިކާ ސަރުކާރުގެ ހިލޭއެހީގެ ދަށުން 20 މިލިއަން ޑޮލަރު (310 މިލިއަން ރުފިޔާ) ދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މި އެހީ ދެނީ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިންނެވެ.
އެއްބަސްވުމުގައި ޔޫއެސްއޭއައިޑީގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ރީޑް އިޝިމަން އެވެ، އަދި ރާއްޖެ އިން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
މިކަމާއިގުޅިގެން އެމެރިކާ ސަފީރު އެލެއިނާ ޓެޕްލީޒް ވިދާޅުވީ މިއީ، ދިވެހިންގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި އެމެރިކާ އިން ދިން އެހީއެއް ކަމަށެވެ.