މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ކުންފުނީގެ މަސައްކަތްތައް އަވަސްކުރަން އިތުުރު މުވައްޒަފުންނާއި ވެހިކަލްތައް ވެސް ހޯދާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އާދަމް ވިދާޅުވީ، ރަމަޟާން މަހަކީ އާންމުކޮށް މާލޭގައި ކުނީގެ މިންވަރު ދެ ގުނަ އަށް އިތުރުވާ ދުވަސްތަކެއް ކަމަށާއި އެހެންކަމުން ކުނީގެ މައްސަލަ ކޮންމެ އަހަރަކު ވެސް ރޯދަ މަހު އިތުރަށް ބޮޑުވާ ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ރައްޔިތުން ވެސް ކުނި އުފައްދާ މިންވަރު އެ ދުވަސްވަރު ވީހާވެސް ކުޑަ ކުރައްވާށޭ. ކުނި މެނޭޖްކުރުމަކީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރެވޭނެ ކަމެއް. ރައްޔިތުން މިކަމުގައި ޒިންމާދާރުވާންޖެހޭ،" އާދަމް ވިދާޅުވި އެވެ.
މީގެއިތުރުން އާދަމް ވިދާޅުވީ އެކުންފުނީގެ 70 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިން ކަމަށާއި އެކުންފުނީގެ މަސައްކަތްތައް މެންދުރު ފަހު ފެށި ނަމަވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.