އިމްޕޯޓް ކުރެވުނު މުދަލުން 3 ބިލިއަން ރުފިޔާ މަދުވެ އެކްސްޕޯޓް ކުރެވުނު މުދަލުން 36 މިލިއަން ރުފިޔާ އިތުރުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އިމްޕޯޓް ކުރެވުނު މުދަލުން 3 ބިލިއަން ރުފިޔާ މަދުވެ އެކްސްޕޯޓް ކުރެވުނު މުދަލުން 36 މިލިއަން ރުފިޔާ އިތުރުވެއްޖެ

ކުރީ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުން 3. ބިލިއަން ރުފިޔާ މަދުވެ އެކްސްޕޯޓް ކުރެވުނު މުދަލުން 36 މިލިއަން ރުފިޔާ އިތުރު ވެފައިވާ ކަމަށް ކަސްޓަމްސްގެ ތޔަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ފާއިތުވި ފެބްރުއަރީމަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މުދަލުގެ އެފްއޯބީ އަގު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 16 އިންސައްތަވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއިން228 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހު މިޢަދަދުވަނީ 264 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 އިންސައްތަ ޔޫ.އޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޯ އިން17 އިންސައްތަ އަދިޗައިނާ އިން15 އިންސައްތަމުދާ ވަނީ އެތެރެކޮށްފައިވެއެވެ. 

މިއަދު އޮންލައިން