ކުޅުދުއްފުށީ ”ވަނި” އިމާރާތް ކުއްޔަށްދޭން ކައުންސިލުން ނިންމައި ބީލަމަށް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކުޅުދުއްފުށީ ”ވަނި” އިމާރާތް ކުއްޔަށްދޭން ކައުންސިލުން ނިންމައި ބީލަމަށް ހުޅުވާލައިފި

10 އަހަރު ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީ ”ވަނި” އިމާރާތް ކުއްޔަށްދޭން ކައުންސިލުން ނިންމައި ބީލަމަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މި އިމާރާތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރުމަށް އެއިދާރާއިން ވަނީ އެދިފައެވެ.

ބީލަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ އެޕްރީލް 1 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށައެޅުން އޮންނާނީ އެޕްރީލް 7 ވަނަ ދުވަހުގެ 13:00 ގައެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފީ އަކީ -/500 ރުފިޔާއެވެ.

 

 

މިއަދު އޮންލައިން