ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގަ ސަރުކާރުން ބައިވެރިވެ ކުރިއަރުވަން މަސައްކަތް ކުރާނެ: އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެސްއެމްއީ ފިނޭންސް ޑިވޮލޮޕްމަންޓް ކޯޕޮރޭޝަން ޕްރައިވެޓް ލިމިޓެޑް އިފްތިތާޙްކުރުމަށް މިއަދު ހެނދުނު އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޟް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވާ ވާހަކަ އެންމެ ކުޑައިރުންސުރެ އަޑުއިވޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭނެ ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރެވުނުތަން މިއަދާއި ހަމައަށްވެސް ލޮލަށް ފެނިފައި ނުވި ނަމަވެސް މިސަރުކާރުން މިކަން ކުރީ ވަރަށް ކުރު މުއްދަތެއްގައިކަން ﷲާހަގަކުރއްވާ ކަމަށެވެ.
ފައްޔާޟްގެ ވާހަކަފުޅުން:
"އިޤްތިށާދުގެ 90 އިންސައްތަ ހިއްސާ ކުރަނީ އެސްއެމްއީ. ކުދި ވިޔަފާރިތައް އެކުކުރުވައި ދިރުވީމާ އެކަމުގެ ފައިދާ އިޤްތިޞާދަށް ކުރާނީ. ލޯނު ދޭއިރު ކުންފުނީގެ ވިޔަފާރީގަ ބައިވެރިވާނެ. ދިމާވާ ދަތިތައް ހައްލުކުރުމުގައި އެހީތެރިވެދޭނެ. ވީމާ އަތުގަ ހިފައިގެން ކުރިއަށްދާން މަސައްކަތް މި ކުރަނީ. އެސްއެމްއީ ޕޮލިސީ ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ. ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަސޭހަ ކުރެވޭނެ."
ޓެކްސް ނެގުމުގެ ޕޮލިސީއަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް އަވަހަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިއަހަށް ހުށަހަޅާނަން. ބަދަލުތަކެއް ގެންނަން ޖެހޭކަން އެންމެންވެސް ފާހަގަކޮށް އެވާހަކަ ދައްކާ."