މިސްކިތްތައް ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް އިއްޔެ ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތަކާއި އެ މީހުންނަށް މުސާރަދިނުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުން ފެށިގެން ކުރާނީ ރަށު ކައުންސިލުންކަމަށާއި އަދި ކައުންސިލްތަކަށް މުސާރައިގެ ބަޖެޓާއި މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިސްކިތްތައް ބެލުމުގެ ޒިންމާ ދީފައިވަނީ ކައުންސިލްތަކަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކުރި އިރު، މިސްކިތްތައް ބެލުމުގެ ޒިންމާ ވަނީ އެތަނުން ނެގުމަށް ފަހު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.