"ކީރިތި ޤްރްއާން ކިޔެވުމަށް އެހީއެއް- ދަރިވަރުންނަށް ޚާއްޞަ-5" ގެ ނަމުގައި ފުރަތަމަ ޗާޕުކޮށްފައިވާ ފޮތުގައި ބައެއް ކުށް ހުރި ނަމަވެސް ފަހުން ޗާޕްކޮށްފައިވާނީ އެ ކުށްތައް އިޞްލާޙްކުރުމަށްފަހުގައި ކަމަށް އެމް 7 އިން ބުނެފިއެވެ.
އެމް 7 އިން ބުނީ ފުރަތަމަ ފޮތް ވެސް ޗާޕްކުރީ 3 ޝައިޚުން ބެއްލެވުމަށްފަހުގައި ކަމަށާއި ނަމަވެސް ބައެއް ކުށްތައް ހުރިކަން ފާހަގަކުރެވުމުން މިހާރު ވާނީ އިޞްލާޙްކޮށްފައި ކަމަށެވެ.