ފަޚުރުވެރިވާންޖެހޭ ކާފައިން މިތިބީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފަޚުރުވެރިވާންޖެހޭ ކާފައިން މިތިބީ!

މިއީގެ 3، 4 ހުކުރު ކުރީގެ ފޮޓޯއެކެވެ. ފޮޓޯ ނަގާފައި އެވަނީ 12 ޖެހިއިރުއެވެ. ކާފަ ދަރިފުޅު ގޮވައިގެން ހުކުރަށް މިސްކިތަށް ގޮސް އެއިނީ މީހުން ގިނަވެ މިސްކިތް ފުރުމުގެ ކުރިންނެވެ. ދަރިފުޅު ގޮވައިގެން މީހުންގެ ކޮނޑުތަކުގައި ފައިންތަޅަމުން ދުވަން ނުޖެހޭހައި އިރު ކުރިންނެވެ. 

ހަމަ އެއާއިއެކު ކާފަ ހަމައެކަނި ދަރިފުޅު ގޮވައިގެން މިސްކިތުގައި އިނީއެއް ވެސް ނޫނެވެ! ދަރިފުޅުލައްވައި ފޯނުން ޤްރްއާން ކިޔުއްވޭތޯ ވެސް އެބަ މަސައްކަތް ކުރެއެވެ. 

ކުޑަކުދިން މިސްކިތަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ކުދިން ގޮވައިގެން އެންމެފަހު ވަގުތު މިސްކިތަށް އަރައި ސަފުތައް ފަޅަމުން ކުރިއަށް ދިއުމަކީ ކުދިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ. ދަސްކޮށްދެވޭ ރަނގަޅު ނޫން ގޮތެކެވެ. 

ކުދިން ގޮވައިގެން ކުރިއާލައި ހުކުރަށް ގޮސް ޖާގަ ހޯދައިގެން އިނުމާއި ކުދިން ލައްވައިވެސް ޤްރްއާން ކިޔުއްވުމަކީ ބައްޕައިން ކުރަންޖެހޭ ކަމެކެވެ. ހަފްތާއަކު އެންމެ ދުވަހަކު އަދާކުރަންޖެހޭ މި މަސްއޫލިއްޔަތު އަދާކުރުމުގައި މިހާރަށްވުރެ ޒިންމާ ދާރުވާން ޖެހޭކަން ދަނީ ކޮންމެ ހުކުރު ދުވަހަކު މިސްކިތްތަކުން ފާހަގަކުރެވެމުންނެވެ.

މިއަދު އޮންލައިން