ޒާޔާ އަހްމަދު ޒުބައިރު: ލޯފަންކުދިން ކިޔަވާ ބަރައިލް ބޭނުންކޮށްގެން ޢަރަބި، އިނގިރޭސި، ދިވެހި ބަހުން ކިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޒާޔާ އަހްމަދު ޒުބައިރު: ލޯފަންކުދިން ކިޔަވާ ބަރައިލް ބޭނުންކޮށްގެން ޢަރަބި، އިނގިރޭސި، ދިވެހި ބަހުން ކިޔާ!

ލޯފަން ކުދިންނަށާއި އަޑު ނުއިވޭ ކުދިންނަށް ކީރިތި ޤްރްއާން ކިޔަވައިދޭ ޕްރޮގްރާމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ނިންމުމުގެ ގޮތުން ކީރިތި ޤްރްރްއާން ކިޔެވީ އުމުރުން 13 އަހަރުގެޒާޔާ އަޙްމަދު ޒުބައިރު އެވެ. 

ޒާޔާ ކިޔެވީ ލޯފަން ކުދިން ކިޔަވަން ބޭނުންކުރާ ބްރައިލް މުޞްޙަފަކުންނެވެ. ޒާޔާއަކީ ބްރައިލް ބޭނުންކޮށްގެން އިނގިރޭސި، ޢަރަބި ދިވެހި ބަހުން ލިޔުންތައް ފަރިތަކަމާއިއެކު ކިޔާ ކުއްޖެކެވެ. އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު ވާހަކަ ދައްކަން އެނގޭ ކުއްޖެވެ.

މިރޭ އިފްތިތާޙްކުރި މި ޕްރޮގްރާމްގެ ސަބަބުން ޒާޔާ އަށާއި މިފަދަ ހުރިހާ ކުދިންނަށް މާތް ﷲ ކާމިޔާބީ ޢާއި އިތުރު ކުރިއެރުން މިންވަރުފުޅު ކުރައްވަވާށި! ޢާމީން.

 

މިއަދު އޮންލައިން