މި އަހަރު މަންމައިންގެ ދުވަހާއި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަމްސް ޖަމިއްޔާ އިން 22 މާރޗް 2019 ވާ ހުކުރު ދުވަހު ހަވީރު 4 އަކުން 6 އަކަށް ހެންވޭރު ދަނޑުގައި "ފެމިލީ ފަން ޑޭ" ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެޖަމިއްޔާއިން ބުނީ މި ހަވީރު ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް އެކަކު އަނެކަކާ ބައްދަލުވެ އުފާ ފައުޅުކުރުން ކަމަށާއި މިއީ ޗެރިޓީ ފަންޑްރެއިޒަރ އިވެންޓެއް ކަމުން މިއިވެންޓުން ލިބޭފައިސާ ހޭދަކުރެވޭނީ ފޯރުންތެރިކަންނެތް މައިންނަށާއި ކުދީންނަށް އެހީވުމަށް ކަމަށެވެ.
މި ހަވީރުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ބައްލަވާއިގަތުމުން އިވެންޓްގައި ހިނގުމަށް ހަމަޖިހެފައިވާ ހަރަކާތްތަކުގައި އަދި އިވެންޓްގައި ފޯރު ކޮށްދެއްވާ ސްނެކްސް އަދި ޑްރިންކްސް ލިބި ލައްވާނީ މުޅިން ހިލޭއެވެ. މި އިވެންޓް ގައި ފާހަގަ ކޮށްލެވޭ ހަރަކާތްތަކުގައި ބައުންސީ ކާރސަލް އަދި ބަބްލް ޕްލޭ އަދިވެސް ބައިވަރު ހަރަކާތްތަށް ވަނީ ހިމަނާފައެވެ.
މީޑީއާނެޓް އަދި ޑްރައިޕާރސްގެ ފަރާތުން މި ހަވީރު ސްޕޮންސާރކޮށްދީފައިވާތީ މަމްސް ޖަމިއްޔާއިން ސްޕޮންސަރުންނަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވައެވެ.
މި އިވެންޓްގައި ބައިވެރި ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަމްސް ފޭސްބުކް ޕޭޖް އަށް މެސެޖްއެއް ކުރައްވައިގެން ނުވަތަ މަމްސްގެ ހޮޓްލައިން ނަންބަރުތަކަށް 7929969 / 9993950 / 7228199 ގުޅުއްވައިގެން މައުލޫމާތު ސާފުކުރައްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.
މަމްސް (މަމްސް އޮފަރިންގް މަމްސް ސަޕޯޓް) ޖަމިއްޔާއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މަންމައިނަށް ޚާއްސަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ މަންމައިން ކުރިއެރުވުމަށް ބާރުއަޅާ މަސައްކަތް ކުރުމެވެ. މި ޖަމިއްޔާގެ ދަށުން އަންނަނީ "މަމްސް އެމްވީ" ނަމުގައި ފޭސްބުކްގައި ކްލޯޒްޑް ގްރޫޕެއް ހިނގަމުންނެވެ. މަންމްސް އެމްވީ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މައިންނަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްއެކެވެ.
2016 ވަނަ އަހަރު ފޭސްބުކް ޕްރައިވެޓް ގްރޫޕްއެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ހާއްސަ ޕްލެޓްފޯމްގައި މިއަދު 25000 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. މި ގްރޫޕްގައި ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަންމައިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުން، ކުދިނަށް އަދި ކުދިން ބެލުމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުން، އެހީއަށް އެދިލައްވާ މަންމައިންނަށް އެހީތެރިވުން ހިމެނެއެވެ. މި އަހަރު އެކި މަސްމަހަށް ބަހާލައިގެން މަމްސްގެ ފަރާތުން މައިންނާއި ކުޑަކުދީންނަށް ޙާއްސަ އެވެއަރނެސް ޕްރޮގްރާމް ތަކެއް، ޕްރޮފެޝަނަލް އިދާރާ ތަކާއި ގުޅިގެން ބޭއްވުމަށް ރޭވިފައިވެއެވެ.
މަމްސް އެމްވީ އަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދިވެހި މަންމައިން، މާބަޑު އަންހެނުން، ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބޭރު އަންހެނުން، އެކަނިވެރި މަންމައިން އަދި މަންމައިންނަށް ވާން މަސައްކަތްކުރައްވަމުންދާ ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ޚާއްސަ ޕްލެޓްފޯމެކެވެ.
މަޢުލޫމާތު ހިއްސާކުރުމާއި، ފޯރުންތެރިކަންނެތް ފަރާތްތަކައް އެހީ ފޯރުކޮށްދިނުމުގެ އިތުރުން މި ގްރޫޕް މެމްބަރުންގެ ދީލަތި އެހީއާއި އެކު ކޮންމެ އަހަރަކުވެސް އެކިކަހަލަ ޑޮނޭޝަންސް ދިނުމަށް ވަނީ ތާވަލް ކުރެވިފައެވެ. ފާއިތުވެދިޔަ 2 އަހަރު ގައި މަމްސްއިންވަނީ ތަފާތު އެކި ހަރަކާތްތައް ކާމިޔާބުކަމާއިއެކު ހިންގައި، އަދި މިއަހަރަށްވެސް އެކި ކަހަލަ ހަރަކާތްތައް ހިންގުމަށް ރާވާފައެވެ.