ޕޯސްޓްގެ ޒަރީއާއިންތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަތީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި 10 މާރިޗު2019 ވީ އާދީއްތަ ދުވަހު ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ ޖުމުލަ 111 ގްރާމްއެވެ.
މިމައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މިހާރު ވަނީ ވަނީމޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.