ޖިއާންގެ މަރާއި ގުޅިގެން ދައުވާ ކުރާ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ

ކިޔުމަށް ހޭދަވާނީ 56ސ
ޖިއާންގެ މަރާއި ގުޅިގެން ދައުވާ ކުރާ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ

މ. ނަލަހިޔާ މަންޒިލުގެ ހަވަނަ ފަންގިފިލާގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝްގެ ރައުޝަން ޖިއާން ގެމަރުގެ މައްސަލައިގައި، ދައުލަތުން ދައުވާ ކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ. 

އުމުރުން ހަތް އަހަރުގެ ޖިއާން މަރުވީ، ޑަބްލިއު ކޮންސްޓްރަކްޝްން ކުންފުނިން އިމާރާތް ކުރަމުންދިޔަ އެގެއިން ސިމެންތި ބަސްތާއެއް ވެއްޓި، އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. 

މިމައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. 

މިމައްސަލައަށްފަހު ސަރުކާރުން ވަނީ ރާއްޖޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ތަންތަނުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިއަދު އޮންލައިން