ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ދެ ދުވަހަށް ސްކޫލް ބަންދު ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ދެ ދުވަހަށް ސްކޫލް ބަންދު ކޮށްފި

ގއ. ވިލިނގިލީގައި އާދަޔާ ޚިލާފަށް ހުން ފެތުރެމުންދާތީ ދެ ދުވަހަށް އެރަށު ތައުލީމީ މަރުކަޒު ބަންދު ކޮށްފިއެވެ. 

އެނގިފައިވާ ގޮތުގައި އެރަށުގެ ތައުލީމީ މަރުކަޒު ދެ ދުވަހަށް ބަންދުކުރީ، ހުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމާއި ގުޅިގެންނެވެ. 

ގާތްގަނޑަކަށް 500 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާ އެސްކޫލަށް މިދިޔަ އާދީއްތަ ދުވަހު 180 ކުދިން ހާޒިރު ނުވެއެވެ. އަދި ހޯމަ ދުވަހު 200 އަށްވުރެ ގިނަ ކުދިން ނުދާ ކަމަށް ވެސް އެނގިފައިވެއެވެ. 

ވިލިނގިލީ ހުންނަ އެއަތޮޅު ހޮސްޕިޓަލުގެ ޑައިރެކްޓަރ ޝަންވީލް މުޙައްމަދު ވިދާޅުވެފައިވަނީ، އެރަށުގައި ފެތުރެނީ ޗިކަންގުންޔާ ކަމަށް ބެލެވޭ ކަމަށާއި ހުން ޖެހިގެން އިއްޔެ އެކަނި ވެސް 29 މީހުން ޑޮކްޓަރަށް ދެއްކިއިރު އޭގެތެރެއިން ހަ މީހަކު އެޑްމިޓު ކޮށްފައިވާ ކަަމަށެވެ. ހުން ފެތުރުން މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ޝަންވީލު ވިދާޅުވިއެވެ.

މިއަދު އޮންލައިން