ރަށްރަށުގަ ބަރަހަނާކޮށް ފަތުރުވެރިން އުޅޭތީ 3 ޝައިޚުން ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރައްވައި ސަމާލުކަމަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރަށްރަށުގަ ބަރަހަނާކޮށް ފަތުރުވެރިން އުޅޭތީ 3 ޝައިޚުން ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރައްވައި ސަމާލުކަމަށް ގެންގޮސްފި

ރާއްޖޭގެ ބައެއް ރަށްރަށުގައި ބަރަހަނާކޮށް ފަތުރުވެރިން އުޅޭތީ 3 ޝައިޚުން ޓޫރިޒަމް މިނިސްޓަރާ ބައްދަލު ކުރައްވައި ސަމާލުކަމަށް ގެންގޮސްފިއެވެ. 

މިމައްސަލަ ޓޫރިޒަމް މިނިސްޓަރުގެ ސަމާލުކަމަށް ހުށަހެޅުއްވީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން، ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި ޝައިޚް ޢަލީ ޒައިދުއެވެ. މިބައްދަލު ކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

ބައްދަލުކުރެއްވުމަށްފަހު ޑރ. އިޔާޟް ވިދާޅުވެފައިވަނީ ބައެއް ރަށްރަށުގައި ފަތުރުވެރިން ބަރަހަނާކޮށް އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ އެކަމުގެ މައުލޫމާތު ޙިއްޞާ ކުރައްވާފައިވާނެ ކަމަށެވެ. އަދި މައްސަލަ ބައްލަވައި ހައްލުކޮށް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. 

މިމައްސަލަ އުފެދުނީންސުރެ މިކަމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ޓޫރިޒަމް މިނިސްޓްރީން ދެމުން އަންނަނީ މި ޖަވާބުކަން ފާހަގަކުރެވޭއިރު މައްސަލައަށް ހައްލެއް ހޯދަން ކުރި އެއްވެސް ކަމެއްގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. އަބަދުވެސް ލިބެމުން ދަނީ މައްސަލަތައް އިތުރުވެ ޢާންމުވަމުންދާ ކަމުގެ މައުލޫމާތެވެ.

މިއަދު އޮންލައިން