ރ. ކިނޮޅަހުގެ ކައުންސިލަރު އަބްދުލް މަޖީދު ހަސަން ނިޔާވެއްޖެއެވެ.
ކައުންސިލަރު ކަމުގައި ދެވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ އަދި އަދާލަތު ޕާޓީގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދެވި އަބްދުލް މަޖީދު ނިޔާވިކަން އެނގުނީ މިރޭ ކޭންބެއްލެއްވުމަށް ނިކުމެ ވަޑައިނުގެންނެވުމުން، ވީނުވީއެއް ބެއްލެވުމުންނެވެ.
އާއިލާއާއެކު ދިރިއުޅުއްވަމުންގެންދެވި އަބްދުލް މަޖީދު، މިއަދު އޮފީހަށް ވެސް ނިކުމެވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމަނިކުފާނަކީ ބަރާބަރަށް ކަސްރަތު ކުރައްވާ ސިއްޙަތައް ވަރަށް ބައްލަވައިގެން އުޅުއްވި ބޭފުޅެކެވެ.
މަޖީދަކީ ހިތުގެ ބަލީގެ މައްސަލަ ދިމާވެގެން، މީގެ 12 ވަރަކަށް އަހަރު ކުރިން އެންޖިއޯ ޕްލާސްޓީ ހައްދަވާފައިވާ ބޭފުޅެކެވެ. ނިޔާވިއިރު އުމުރުފުޅުން 48 އަހަރުއެވެ.
އެމަނިކުފާނުގެ އަނބިކަނބަލުންނާއި ތިން ކުދިން ދިރިއުޅުއްވަނީ މާލޭގައެވެ.