މާފުށިން ގެންދާ ފަތުރުވެރިން ފުލިދޫ މީހުން އުޅޭ ސަރަހައްދަށް ބާލަނީވެސް ބިކިނީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މާފުށިން ގެންދާ ފަތުރުވެރިން ފުލިދޫ މީހުން އުޅޭ ސަރަހައްދަށް ބާލަނީވެސް ބިކިނީގަ!

 

ކ. މާފުށިން ވ. ފުލިދޫއަށް މޫދަށް އެރެން ގެންދާ ފަތުރުވެރިން ގެންގޮސް ބާލަނީ ފުލިދޫ މީހުން އުޅޭ ސަރަހައްދަށް ކަމަށާއި ބާލަނީވެސް ބިކިނީގައި ކަމަށް ފުލިދޫ އިން މައުލޫމާތު ދީފިއެވެ.


މިއަދުނޫހާއި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި ލޯންޗްތައް ކައިރި ކުރަނީ ކުޑަކުދިންވެސް މޫދަށް އެރި އުޅޭ ސަރަހައްސަށެވެ. ލޯންޗުން ފަތުރުވެރިން ފުންމާލަނީވެސް ބިކިނީގައި ތިބެއެވެ.


މިއަދުނޫހާއި މައުލޫމާތު ހިއްޞާކުރި ފަރާތްތަކުން ބުނެފައިވަނީ މިކަމާއި ގުޅިގެން ކައުންސިލް އިދާރާއިން މިހާރުވެސް ވަނީ މާފުށން ފުލިދޫއަށް ފަތުރުވެރިން ގެންދާ ފަރާތްތަކާއި އެތައްފަހަރަކު މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.


ރަށުގެ ރައްޔިތަކު ބުނީ މާފުށްޓަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށަކަށްވެފައި ފުލިދޫ އަކީ އާބާދީ މަދު ރަށަކަށްވުމުން މާފުށީ ރައްޔިތުން ފުލިދޫއަށް ގޮސް އަރައިގެންފިނަމަ ކުރެވޭނެ ކަމެއް ނެތްކަމުގެ ބިރަށް ރައްޔިތުން މަޑުކުރަނީ ކަމަށާއި މިކަމަކީ ފުލިދޫ ރައްޔިތުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

މިއަދު އޮންލައިން