ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް ބިދޭސީން އެތެރެކުރުމާ ބެހޭ ނިޒާމު ވަގުތީ ގޮތުން އިމިގްރޭޝަނުން މިއަދު މެދުކަނޑާލައިފިއެވެ.
ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ.
ބިދޭސީން ރާއްޖެ އެތެރެވުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މިމަހުގެ 5-7 އަށް ކޯޓާ ސިސްޓަމް މެދުކަނޑާލުމަށް ހަމަޖެހިފައިވާކަން ކުރިން އިމިގްރޭޝަނުން އެންގި ނަމަވެސް، މިހާރު ޚިދުމަތް އަލުން ދޭނެ ދުވަހެއް އިމިގްރޭޝަނުން އިއުލާންކޮށްފައެއްނުވެއެވެ.
Xpat Online service will be stalled on 21 March 2019. pic.twitter.com/t261hZO2fi
— Maldives Immigration (@ImmigrationMV) March 21, 2019