ޖިއާންގެ މަރުގެ ދައުވާ ލިބޭ އިންޑިއާގެ ތިން މީހުން ދައުވާއަށް އިއުތިރާފްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖިއާންގެ މަރުގެ ދައުވާ ލިބޭ އިންޑިއާގެ ތިން މީހުން ދައުވާއަށް އިއުތިރާފްވެއްޖެ

މ. ނަލަހިޔާ މަންޒިލުގެ ހަވަނަ ފަންގިފިލާގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝްގެ 7 އަހަރުގެ ރައުޝަން ޖިއާން ގެމަރުގެ މައްސަލައިގައި، ދައުވާ ލިބޭ އިންޑިއާގެ ތިން މީހުން ދައުވާއަށް އިއުތިރާފްވެއްޖެއެވެ.

6 މީހެއްގެ މައްޗަށް ރައުޝަންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާއިރު ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާއަށް އިއުތިރާފްވެފައިވަނީ އިންޑިއާގެ ތިން މީހުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަންއެވެ.

މީގެތެރެއިން ރައްޖާވްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މުތުމަނި ރަމަޗަންދުރަންގެ މައްޗަށް މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ކެޝަރިލަލް ޗައުހަން މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.

ތިން މީހުން ވެސް ބުނީ އެކަން ހިނގާފައިވަނީ ގަސްދުގައި ކުރި ކަމެއްގެ ސަބަބުން ނޫން ކަމަށާއި ނަމަވެސް އެކަން ހިނގާފައިވާތީ ކުށަށް އިއުތިރާފުވާ ކަމަށެވެ. 

މިމައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.

މިއަދު އޮންލައިން