ޖަމިއްޔަތުލްފަލާޙްގެ ބާނީ އަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ބާއްވާ ތުއްތުކުދިންގެ 19 ވަނަ ޤްރްއާން ކިޔެވުމުގެ މުބާރާތް އިއްޔެ އެ ސްކޫލްގައި ފަށައިފިއެވެ.

މި މުބާރާތަކީ މާލޭގެ ހުރިހާ ޕްރިސްކޫލްތަކަށް ޢާންމުކޮށް ހުޅުވާލައިގެން ކޮންމެ ސްކޫލަކުންވެސް 5 ދަރިވަރުންނަށް ވާދަކުރެވޭ ގޮތަށް ބާއްވާ މުބާރާތެކެވެ. ހިތުން އެކަނި ކިޔަވާ މި މުބާރާތުގައި 19 ސްކޫލަކުން95 ދަރިވަރުން ބައިވެރިވެއެވެ.

ޖަމިއްޔަތުލްފަލާޙުން ބުނެފައިވަނީ މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤްރްއާނަށް ލޯބި ޖެއްސުވުމާއި ކީރިތި ޤްރްއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމާއި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤްރްއާން ކިޔަވަން ދަންނަ ވީހައި ގިން ދަރިވަރުން އުފެއްދުން ކަމަށެވެ.