ރީތިރަށް ރަށް ރިޒޯޓުން ހަދިޔާކުރި 2000 ރުށް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އިންދައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 44ސ
ރީތިރަށް ރަށް ރިޒޯޓުން ހަދިޔާކުރި 2000 ރުށް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އިންދައިފި

ރީތިރަށް ރަށް ރިޒޯޓުން ހަދިޔާކުރި 2000 ރުށް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އިންދައިފި އެވެ. މިކަމަށް މިއަދު މެންދުރު ފަހު ކުރިއަށް ގެންދިއަ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ސުހައިލް އަޙްމަދު ޢާއި ރީތި ރަށް ރިޒޯޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހި ފެހިކުރުމުގެ ގޮތުން ކުރިން ވަނީ "ރަށްފެހި" ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފައެވެ.

ރުކަކީ ރަށްގިރުމުގެ މައްސަލަތަކުން ރަށްތައް ސަލާމަތްކޮށްދޭ ބާވަތަކަށްވުމުން މިއަދު އިންދި ރަށްތަކުގެ ސަބަބުން ހުޅުމާލެ އަކީ ތިމާވެށީގެ މައްސަލަތަކުން ސަލާމަތް ކުރެވިފައިވާ ރަށަކަށް ހަދަން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުމުގެ އިތުރުން ރަށް ފެހިކުރުމުގެ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

 

މިއަދު އޮންލައިން